ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
އަވަސް
19 ޖޫން 2025 | ބުރާސްފަތި | 9:39
ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި އެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެ ގޮތުން މި މަޝްރޫއުގެ ދަށުން 13.80 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމަށް ވަނީ ނިންމާފަ އެވެ. އެމްޓީސީސީ އިން ބުނި ގޮތުގައި މިއީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތ. ގުރައިދޫއަކީ 2،272 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރާ ރަށެކެވެ. ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.