މަތީ ތައުލީމަށް ހާއްސަ ކިޔު ސްޓަޑީގެ އިންޓަނޭޝަނަލް އެކްސްޕޯ މާދަމާ ފަށަނީ

އަވަސް

19 ޖޫން 2025 | ބުރާސްފަތި | 11:17

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ކިޔު ސްޓަޑީ އިން ބާއްވާ އެކްސްޕޯ މާދަމާ ފަށާނެ އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ އެވެ. މި އެކްސްޕޯގައި 15 ގައުމަކުން 35 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވާސިޓީން ބައިވެރިވެ އެވެ. މީގެ ތެރޭގައި މެލޭޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ސިންގަޕޫރުގެ އިތުރުން ޔޫރަޕްގެ ޔުނިވާސިޓީތައްވެސް ހިމެނެ އެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި އެކްސްޕޯ އޮންނާނީ މިމަހުގެ 20 ވަނަ ދުވަހާއި 21 ވަނަ ދުވަހު އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯގައި ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެ އެވެ

މައުޟޫޢުތަށް