ނިކޯ ވިލިއަމްސް ބާސެލޯނާއަށް ބަދަލުވުމަށް އެއްބަސްވެއްޖެ
އަވަސް
19 ޖޫން 2025 | ބުރާސްފަތި | 10:24
އަތްލެޓިކް ބިލްބާއޯގެ ކުޅުންތެރިޔާ ނިކޯ ވިލިއަމްސް ބާސެލޯނާގެ ފުޓްބޯޅަ ޓީމަށް ބަދަލުވުމަށް އެއްބަސްވެއްޖެ އެވެ.
މި މައުލޫމާތު ހާމަކޮށްފައިވަނީ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ އެވެ. ރޮމާނޯ ބުނާ ގޮތުގައި ބާސެލޯނާއާއި ނިކޯ ވިލިއަމްސްއާ ދެމެދު ވަނީ ހުރިހާ ކަމެއްގައި އެއްބަސްވުމަކަށް އާދެވިފަ އެވެ. އެގޮތުން 2031 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް 6 އަހަރުގެ އެއްބަސްވުމެއްގައި ނިކޯ ވިލިއަމްސް ސޮއިކުރާނެ ކަމަށް ބެލެވެ އެވެ. އޭނާގެ އަހަރީ މުސާރައަކީ ގާތްގަނޑަކަށް 8 މިލިއަން ޔޫރޯ ކަމަށްވެސް ލަފާކުރެވެ އެވެ. ބާސެލޯނާގެ މަގުސަދަކީ އާ ކޯޗު ހާންސި ފްލިކްގެ ދަށުން ޕްރީ ސީޒަން ފެށުމުގެ ކުރިން ނިކޯ ވިލިއަމްސް ޓީމަށް ގެނައުމެވެ. ނަމަވެސް މި ބަދަލު ފުރިހަމަ ކުރުމަށްޓަކައި ބާސެލޯނާއިން އަދިވެސް އަތްލެޓިކް ބިލްބާއޯއާއެކު މާލީ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. ބާސެލޯނާއިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކްލަބުގެ މާލީ އަދި ކުޅިވަރުގެ ގޮތުން ހުރި މައްސަލަތައް ހައްލުކޮށް، ނިކޯ ވިލިއަމްސްގެ ރިލީޒް ކްލޯޒް ދެއްކުމަށެވެ.