ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ގަވާއިދާހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
އަވަސް
19 ޖޫން 2025 | ބުރާސްފަތި | 5:53
މާލޭ ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އެ ގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި މީހާއާމެދު ފިޔަވަޅު އަޅާނެ ކަމަށާއި ޓޯ ކުރެވޭ އުޅަނދު ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ވަނީ އުޅަނދުތައް ޕާކްކުރުމަށް ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި އުޅަނދު ޕާކްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިފަ އެވެ. މަޖީދީމަގުގައި ޕާކްކުރާ އުޅަނދުތައްވެސް ފުލުހުން ވަނީ ޓޯ ކުރަން ފަށާފަ އެވެ.