ގައުމީ ޝޯޓް ކޯސް ސްވިމިން މުބާރާތުގެ ޗެމްޕިއަންކަން އަޔާނާ އަދި ދާއިން

އަވަސް

22 ޖޫން 2025 | އާދިއްތަ | 9:28

ގައުމީ ޟޯޓް ކޯސް ސްވިމިން މުބާރާތް 2025ގެ ޗެމްޕިއަންކަން އަޔާނާ އަރީފް އަދި ދާއިން އަހުމަދު ޝަގީފް ހޯދައިފި އެވެ.

ހުޅުމާލޭ ސްވިމިން ޕޫލްގައި ކުރިއަށްދިޔަ 1 ވަނަ ގައުމީ ޝޯޓް ކޯސް ސްވިމިން މުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ޗެމްޕިއަންކަން ކާމިޔާބުކުރީ ނޭޟަނަލް އޯޕެން ވޯޓާ އަދި ދިރާގު މާލޭ އޯޕަން ޗެންޕިއަންކަންވެސް މި އަހަރު ކާމިޔާބުކުރި އަޔާނާ އަރީފް އެވެ. ފިރިހެން ޗެމްޕިއަންކަން ހޯދީ ދާއިން އަހުމަދު ޝަގީފް އެވެ. މި މުބާރާތުގެ ސީނިއާ ގުރޫޕްގެ އަންހެން ދެވަނަ ހޯދީ އަލީނާ ޟާހިދު އަދި ލައިލީ އަހުމަދު ނަވާޒު އެވެ. އަދި ސީނިއާ ގުރޫޕްގެ ތިންވަނަ ފެތުންތެރިއަކީ ލައިބާ ހަސަން މަނިކު އެވެ.

މި މުބާރާތުގެ ސީނިއާ ގުރޫޕްގެ ފިރިހެން ދެވަނަ ހޯދީ މުބާލް އައްޒާމު އިބްރާހީމް އަދި ލޫތް މުހައްމަދު ހުސެއިން އެވެ. އަދި ތިން ވަނަ ހޯދާފައިވަނީ އަލީ އިއްމާން އެވެ. މި މުބާރާތުގެ ޖޫނިއާ ގުރޫޕްގެ އަންހެން ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަހަރު ބޭއްވި ޗެމްޕިއަންސް އޮފް ޗެމްޕިއަން އަންހެން އެއްވަނަ ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދު އެވެ. ދެވަނަ އައިރާ ޟިރްނީލް ހޯދިއިރު ތިންވަނަ ހޯދީ ލިންޑާ އިމްރާން އެވެ.

މައުޟޫޢުތަށް