މަތީ ތައުލީމަށް ހާއްސަ ކިޔު ސްޓަޑީގެ އެކްސްޕޯ ފަށައިފި

އަވަސް

20 ޖޫން 2025 | ހުކުރު | 7:56

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް އަމާޒުކޮށް ކިޔު ސްޓަޑީ އިން ބާއްވާ އެކްސްޕޯ ފަށައިފި އެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި އެކްސްޕޯ ކުރިއަށްދާނީ މިއަދާއި މާދަމާ އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށެވެ. މި އެކްސްޕޯގައި 15 ގައުމަކުން 35 އަށްވުރެ ގިނަ އިންޓަނޭޝަނަލް ޔުނިވާސިޓީން ބައިވެރިވެ އެވެ.

މީގެ ތެރޭގައި މެލޭޝިއާ، އިނގިރޭސިވިލާތް، އެމެރިކާ، ކެނެޑާ، ސިންގަޕޫރުގެ އިތުރުން ޔޫރަޕްގެ ޔުނިވާސިޓީތައްވެސް ހިމެނެ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެޑިއުކޭޝަން އެކްސްޕޯ އެވެ. މި އެކްސްޕޯގައި ޔުނިވާސިޓީތަކުން ދިވެހި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެ އެވެ.

މައުޟޫޢުތަށް