އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ބޮޑު ނުރައްކަލެއް: ސްޓާމާ

އަވަސް

22 ޖޫން 2025 | އާދިއްތަ | 2:03

އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ބައިނަލްއަގްވާމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއަ ސްޓާމަ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރާނަކީ ނުރައްކަލެއް ކަމަށް ވިދާޅުވެ ސްޓާމަ މިއަދު ވާހަކަދެއްކެވީ އީރާންގެ މައިގަނޑު ތިން ނިއުކްލިއަ ސައިޓަކަށް ރޭ ދަންވަރު އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ. ސްޓާމަ ވިދާޅުވީ އީރާނަށް ދުވަހަކުވެސް ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދީގެންނުވާނެ ކަމަށާއި، އެ ނުރައްކާ ކުޑަކުރުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މެދުއިރުމަތީގެ ހާލަތަށް ހެޔޮ ބަދަލެއް ނައިސް ދިގުދިމެގެންދާ ކަމަށާއި، އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަކީ އިސްކަންދޭ ކަމެއް ކަމަށްވެސް ސްޓާމަ ވިދާޅުވި އެވެ. "އީރާނުން މަޝްވަރާ މޭޒަށް އެނބުރި އައިސް، މި ކާރިސާއަށް ސިޔާސީ ހައްލެއް ހޯދުމަށް އަޅުގަނޑުމެން ގޮވާލަން،" ސްޓާމަ ވިދާޅުވި އެވެ. އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އިރާނާއި އިޒުރޭލާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެފައިވާ ގޮތަށ ްއިނގިރޭސީންވެސް މި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރުސަތު އެބަ އޮތެވެ.

މައުޟޫޢުތަށް