ވިނަރެސް ފްލެޓްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް
އަވަސް
23 ޖޫން 2025 | ހޯމަ | 9:01
ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ ހަ ވަނަ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:41 ހާއިރު އެވެ. އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.