އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
އަވަސް
23 ޖޫން 2025 | ހޯމަ | 12:54
ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމެންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ ހާދިސާގެ ސަބަބުން އެޕާޓްމަންޓް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގަ އެވެ. އަލިފާން ރޯވީ ގޮދަޑިއެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.