ޔުމްނު ވެއްޓުނު: ކޮމިޝަންގެ ރިޕޯޓް ތަންފީޒުކުރަން އަންގަވައިފި

އަވަސް

23 ޖޫން 2025 | ހޯމަ | 9:17

ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ހާއްސަ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް ފިޔަވަޅުތައް އެޅުއްވުމަށް ރައީސް މުއިއްޒު މިއަދު އަންގަވައިފި އެވެ.

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅަށް ވެއްޓުނީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ބުރިންނެވެ. ކޮމިޝަންގެ ރިޕޯޓްގައި ވަނީ ޔުމުން މަސްތުގެ ހާލަތުގައި ހުރުމުން އެ އިމާރާތުން ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ. ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އިސްލާހީ ފިޔަވަޅުތައް އަޅުއްވަން އަންގަވާފައިވަނީ ދެ މިނިސްޓްރީ އަކަށެވެ. އެއީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ހެލްތު މިނިސްޓްރީ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އެންގެވި އެންގެވުމުގައި ޔުމުން ވެއްޓުނު މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ބައެއް ފުލުހުންނަށް އިސްލާހީ ފިޔަވަޅު އަޅަން އަންގަވާފައިވެ އެވެ. އެގޮތުން އަޅުއްވަން އެންގެވި ފިޔަވަޅުތަކަކީ:-

މައުޟޫޢުތަށް