މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައިމިން

އަވަސް

25 ޖޫން 2025 | ބުދަ | 2:11

މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުލްމުހައިމިން ނަސީރު ހަމަޖައްސައިފި އެވެ.

މުހައިމިން އެންމެ ފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނަރަލްގެ މަގާމުގައެވެ. މާލެ ސިޓީ ކައުންސިލްގެ ސެކްރެޓާރީ ޖެނަރަލްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އެންމެ ގިނަ މާކްސް ހޯއްދެވީވެސް މުހައިމިން އެވެ. އެހެންވެ މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައިމިން ހަމަޖައްސަން ފާސްވެފަ އެވެ. މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާއާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާ އެކު ޖުމުލަ 35،500 ރުފިޔާ ލިބޭނެ އެވެ.

މައުޟޫޢުތަށް