ރާއްޖެ-ލަންކާ ފްރީ އިކޮނޮމިކް ޒޯނުގެ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި

އަވަސް

27 ޖޫން 2025 | ހުކުރު | 8:17

ރާއްޖެ އާއި ލަންކާއާ ދެމެދު ފްރީ އިކޮނޮމިކް ޒޯނެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

ދިވެހި ސަރުކާރުން މިމައްސަލައިގައި ވާހަކަދައްކަވާފައި މިވަަނީ ފްރީ އިކޮނޮމިކް ޒޯނެއްގެ އިތުރުން ފްރީ މޫވްމަންޓް ޒޯނެއް ގާއިމުކުރުމަށް ދެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރި ހަބަރުތަކަކާ ގުޅިގެންނެވެ. ލަންކާގެ ނޫސްތަކުން މިފަދަ ހަބަރެއް ފެތުރީ ކުރިއަށް އޮތް ޖުލައި 29 ވަނަ ދުވަހު ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ. ހަބަރުތައް ދޮގުކުރައްވަމުން ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއާއި ލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. "އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއްވެސް ނޫން،" ސައީދު ވިދާޅުވި އެވެ. ލަންކާގެ ނޫސްތަކުގައިވާ ގޮތުން ފްރީ އިކޮނޮމިކް ޒޯނާއި ފްރީ މޫވްމަންޓް ޒޯނާ ގުޅޭ އެއްބަސްވުމެއް ހެދިއްޖެނަމަ ވިސާއަކާއި ނުލައި މަސައްކަތް ކުރުމުގެ ހައްގާއި ވިޔަފާރި ކުރުމުގެ ހައްގާއި ޕްރޮޕަޓީ ގަތުމުގެ ހައްގު ދެ ގައުމުގެ ރައްޔިތުންނަށްވެސް ލިބޭނެ އެވެ.

މައުޟޫޢުތަށް