ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
އަވަސް
28 ޖޫން 2025 | ހޮނިހިރު | 10:29
ހއ. ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި އެވެ.
ހޯރަފުށީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ ރަށުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނި ގޮތުގައި ހޯރަފުށީގައި މި ހިދުމަތް ފެށުމާއެކު މިހާރު 23 ރަށަކުން މި ހިދުމަތް ލިބޭނެ އެެވެ. ޑީއެންއާރް އިން ބުނި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފެށުމަކީ އަމާޒެކެވެ. މީގެ އިތުރުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން މެލޭޝިއާގައި މި ހިދުމަތް ފަށާފައިވާއިރު ސްރީލަންކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.