ސްޕެއިންގެ ރަސްގެފާނު ދެއްވި ފަރިއްކޮޅުގައި ނައިބުރައީސް ބައިވެރިވެވަޑައިގެންފި

އަވަސް

30 ޖޫން 2025 | ހޯމަ | 12:16

ސްޕެއިންގެ ރަސްގެފާނު ފިލީޕޭ ހަ ވަނަ އާއި ރާނީ ލެޓީޒިޔާ ދެއްވި ރަސްމީ ފަރިއްކޮޅުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފި އެވެ.

ރެއާލް އަލްކަޒާ ޑި ސެވިއްޔާގައި ބޭއްވި މި ފަރިއްކޮޅަކީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ، ހަތަރު ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގެ ބައިވެރިންގެ ޝަރަފުގައި ދެއްވި ފަރީއްކޮޅެކެވެ. އެފްއެފްޑީ4 ގައި ބައިވެރިވަޑައިގެންނެވި، ދައުލަތްތަކާއި ސަރުކާރުތަކުގެ އިސްވެރިން، މި ފަރީއްކޮޅުގައި ބައިވެރިވެވަޑައިގަތެވެ. އެފްއެފްޑީ4 ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށެވެ. މި ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.

މައުޟޫޢުތަށް