ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިމިއްޖެ

އަވަސް

1 ޖުލައި 2025 | އަންގާރަ | 7:58

ތިލަމާލޭ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިމިއްޖެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވީ ތިލަމާލެ ބްރިޖުގެ ޕައިލިންގެ ދަށުން އެއްގަމާއި ކަނޑުގައި ޖުމްލަ 263 ޕައިލް ޖަހާފައިވާ ކަމަށެވެ. މިއީ މަޝްރޫއުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ. މި މަސައްކަތާއެކު ބްރިޖު މަޝްރޫއުގެ 60.84 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ތިލަމާލެ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 2، 2022 ގައެވެ. ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަމުންދާ ތިލަމާލެ ބްރިޖަކީ ގާތްގަނޑަކަށް 6.695 ކިލޯމީޓަރު ދިގު ބްރިޖެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާ އިންނެވެ.

މައުޟޫޢުތަށް