އެސްއީޒެޑަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ލިބިއްޖެ: ސައީދު
އަވަސް
1 ޖުލައި 2025 | އަންގާރަ | 12:28
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ކަށަވަރު ކުރެވިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި މިއަދު ފެށި ބިޒްނަސް ފޯރަމްގައި ސައީދު ވިދާޅުވީ ފޯރަމްގައި ސޮއި ކުރެވުނު ސޯލާ ސިޓީ މަޝްރޫއާއެކު އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެނައުމަކީ އަމާޒެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން 2028 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 150 ބިލިއަނަށް އިތުރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެސްއީޒެޑްގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރާނެ އެވެ. މީގެ އިތުރުން ސިންގަޕޫރުގައި ކުރިއަށްދާ ފޯރަމްގެ ތެރެއިން މަތީ ފަންތީގެ ގެދޮރު އެޅުމުގެ އެސްއީޒެޑް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.