ޕްރޮޖެކްޓް ސޯލަ ސިޓީ: ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް ކަމަށް ކަނޑައަޅައިފި
އަވަސް
1 ޖުލައި 2025 | އަންގާރަ | 10:10
ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި "ޕްރޮޖެކްޓް ސޯލަ ސިޓީ"، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރާއްޖޭގައި ގާއިމުކުރާ އެސްއީޒެޑެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. ޕްރޮޖެކްޓް ސޯލަ ސިޓީގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށްޓަކައި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިވެސް ކޮށްފަ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ޕްރޮޖެކްޓް ސޯލަ ސިޓީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ: