ތޮއްޑޫ ޒުވާނުންތަކެއް 15 ކިލޯގެ މާވަހަރެއް ހޮވައިފި

އަވަސް

2 ޖުލައި 2025 | ބުދަ | 10:00

އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު ބަޔަކު 15 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

އިއްޔެ ހަވީރު 5:20 ހާއިރު ހުދަންބަރު މާވަހަރު ފެނުނީ ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނުންތަކަކަށެވެ. މާވަހަރު ހޮވި ޑިންގީގައި ތިބި ތިން ޒުވާނުންނެވެ. އެ މީހުން މާވަހަރު ހޮވީ އުކުޅަހުން ފުރައިގެން ގޮސް ފަރުކޮޅާއި ތޮއްޑޫއާ ދޭތެރެއިން ދަތުރުކޮށްފައި ދަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުން މީސްމީހުންނަށް މީގެކުރިންވެސް މާވަހަރު ފެނިފައިވެ އެވެ.

މައުޟޫޢުތަށް