ކައުންސިލް އިންތިހާބުގައި ސަރުކާރު ބޮޑުތަނުން ބަލިވާނެ: ޝާހިދު

އަވަސް

3 ޖުލައި 2025 | ބުރާސްފަތި | 9:56

ލޯކަލް ކައުންސިލް އިންތިހާބުން މި ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތައް އެނގިފައިވާ މިންވަރުން ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރު ބޮޑުތަނުން ބަލިވާނެ ކަމަށެވެ. "މި ލޯކަލް ކައުންސިލް ވެގެންދާނީ ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިހާބަކަށް. މި އިންތިހާބަށް ތައްޔާރުވާން ޖެހޭނެ ފިސާރި ކެރިގެން،" ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީ އިން މިފަހަރުގެ އިންތިހާބަށް ދުރާލައި ތައްޔާރުވާންޖެހޭ ކަމަށާއި އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށެވެ. ޝާހިދު ވަނީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން ކައުންސިލަރުންގެ އަދަދު މަދުކުރަނީ އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އައްޔަންކުރަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

މައުޟޫޢުތަށް