ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދަނީ

އަވަސް

3 ޖުލައި 2025 | ބުރާސްފަތި | 11:01

ރާއްޖޭގެ ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކޮށް އިތުރު ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އެދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން މި ބީލަންތައް ކުރިއަށް ގެންދާނީ ހައުސިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތަށެވެ.

ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރަނީ ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީގަ އެވެ. އެ މަޝްރޫއުތަކުގެ ބިޑު ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގެ އަގެކެވެ. މި ޕްރޮޖެކްޓްތަކަށް މިމަހުގެ 29 ވަނަ ދުވަހުގެ 11:00 ގެ ކުރިން ބިޑް ހުށަހަޅަންޖެހެ އެވެ.

މައުޟޫޢުތަށް