އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ކުރިމަތިލައްވައިފި
އަވަސް
6 ޖުލައި 2025 | އާދިއްތަ | 12:08
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ކުރިމަތިލައްވައިފި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު ކެންޑިޑެސީ ހުށަހެޅުއްވީ އެފްއޭއެމްގެ ފުލް މެންބަރުކަން ދީފައިވާ 23 ކްލަބްގެ ތާއީދާއެކުގަ އެވެ. އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު ކުރިމަތިލެއްވިއިރު އެ އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދެވެ.
އިންތިހާބުގެ 10 ދުވަސް ކުރިން ބާއްވާ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި، ކެންޑިޑޭޓުންގެ އެންމެ ފަހުގެ ލިސްޓާއި، ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތް އިއުލާން ކުރާނެ އެވެ. އެފްއޭއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭނީ ފަސް ކްލަބްގެ ތާއީދު ފޯމާ އެކު އެވެ. އެ ފަސް ކުލަބްގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ދެ ކްލަބްގެ ތާއީދު ސިޓީ އޮންނަންޖެހެ އެވެ.