އިލޮން މަސްކް އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވައިފި

އަވަސް

5 ޖުލައި 2025 | ހޮނިހިރު | 11:00

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބޮޑެތި މައްސަލަތަކެއް އެ މައްސަލަތައް ހައްލުނުވުމުން ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި ވިޔަފާރިވެރިޔާ އިލޮން މަސްކް އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަން އެކަން ހާމަކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަސްކް ވަނީ އެމެރިކާގައި އިތުރު ސިޔާސީ ޕާޓީއެއްގެ މުހިއްމުކަން ފާހަގަކުރައްވައި، މިފަދަ ޕާޓީއެއް އުފައްދާނެކަމުގެ އިޝާރާތްތަކެއް ދެއްވާފަ އެވެ. ނަމަވެސް މި ޕާޓީ އެމެރިކާގެ އިންތިހާބީ އިދާރާތަކުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިވާ ކަމެއް އަދި ވިދާޅުވެފައެއް ނުވެ އެވެ. މަސްކްއަކީ އެމެރިކާއަށް އުފަން މީހަކަށް ނުވާތީ އޭނާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމައެއް ނުވާނެ އެވެ. އެހެންކަމުން މި އާ ޕާޓީގެ ލީޑަރަކީ ކާކު ކަމެއް އަދިވެސް ނޭނގުމެއްގެ ތެރޭގައެވެ. މަސްކް އާއި ޓްރަމްޕްއާ ދެމެދު އެންމެ ފުރަތަމަ މައްސަލަ ޖެހުނު ދުވަސްވަރު މަސްކް ވަނީ އެކްސްގައި އެމެރިކާގައި އިތުރު ޕާޓީއެއް އުފަންދަން ޖެހޭތޯ ސުވާލުކުރައްވާ ޕޯލް އެއްވެސް ހުށަހަޅާފަ އެވެ. މި ޕޯލްގެ ނަތީޖާއަށް އިޝާރާތްކޮށް، މަސްކް ވިދާޅުވީ އެމެރިކާގެ މީހުން އިތުރު ޕާޓީއެއް ބޭނުންވާ ކަމަށާއި އެހެންކަމުން އިތުރު ޕާޓީއެއް އުފައްދަން ޖެހޭ ކަމަށެވެ. އޭނާ ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި ބަސްތަކެއްވެސް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އެމެރިކާ ދަރަނިވެރި ކުރުވާއިރު އެއީ ޑިމޮކްރަސީ ނޫން ކަމަށެވެ. "އަހަރެން މި އުޅެނީ އެއް ޕާޓީ އޮންނަ ސިސްޓަމެއްގައި،" މަސްކް ވިދާޅުވި އެވެ. މަސްކް ވަނީ ޓްރަމްޕް ވެެރިކަމަށް ގެނައުމަށްޓަކައި 250 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށްފަހު މަސްކަށް ޑިޕާޓްމަންޓް އޮފް ގަވަރުމަންޓް އެފިޝެންސީގެ ލީޑްކަން ވެސް ދީފައިވެ އެވެ. ނަމަވެސްފަހުން މަސްކް ވަނީ މި މަގާމު ދޫކޮށްލެއްވުމަށްފަހު ޓްރަމްޕާ ދުރަށް ވަޑައިގެން ފާޑުވިދާޅުވާން ފައްޓަވާފަ އެވެ.

މައުޟޫޢުތަށް