މާފަރުގެ އިހްތިސާސުން ފަރުމުލި ވަކިކޮށްފި
އަވަސް
6 ޖުލައި 2025 | އާދިއްތަ | 7:13
ނ. މާފަރުގެ އިހްތިސާސުން ފަރުމުލި ވަކިކޮށްފި އެވެ.
ފަރުމުއްޔަކީ މާފަރުގެ ބައެއް ނޫން ކަމަށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ. ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ ފަރުމުލި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފަރުމުއްޔަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީވެސް ރައީސް މުއިއްޒުގެ ގަރާރަކުންނެވެ. އެ ގޮތުން ފަރުމުލި އަދި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ރައީސް މުއިއްޒު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.