ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އަވަސް

6 ޖުލައި 2025 | އާދިއްތަ | 7:33

ނ. ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރަން އިއުލާނުކޮށްފައިވާއިރު ނ. މާފަރުގެ އިހްތިސާސުން ފަރުމުލި ވަކިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު އެވެ. ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށް ފަރުމުލީގެ ބޮޑުމިނަކީ 71.18 ހެކްޓަރެވެ. މީގެ ތެރެއިން 15 ހެކްޓަރާ ހަމައަށް ހިއްކިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ. ފަރުމުލީގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 10:00 އަށް ބިޑް ހުށަހަޅަންޖެހެ އެވެ. މާފަރުގެ އިހްތިސާސުން ފަރުމުލި ވަކިކުރީ ފަރުމުލީގައި ރިސޯޓެއް ތަރައްގީކުރުމަށް ރައީސް މުއިއްޒުގެ ގަރާރަކުން ނިންމެވުމުންނެވެ.

މައުޟޫޢުތަށް