ސަރުކާރުގެ ސިޔާސަތުތައް ހުރީ އިގުތިސޯދު ފުނޑޭ ގޮތަށް: އަމީރު

އަވަސް

7 ޖުލައި 2025 | ހޯމަ | 1:04

ސަރުކާރުގެ ސިޔާސަތުތައް ހުރީ ރާއްޖޭގެ އިގުތިސޯދު އެއްކޮށް ފުނޑިގެންދާނެ ގޮތަށް ކަމަށް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓަށް 500 މިލިއަން ޑޮލަރު ހޯދަންޖެހޭ ކަމަށާއި ނަމަވެސް އެ ފައިސާ ނުލިބުނު ކަމަށެވެ. އެ ފައިސާ ނުލިބުމުގެ ޕްރެޝަރު ކުރިމަތިވީ ރާއްޖޭގެ ވިޔަފާރިތަކަށްކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނީ ހަތް ބިލިއަން ރުފިޔާއިން ވިޔަފާރިތަކަށް ދަރާ އޮވެ ކަމަށެވެ. އަމީރު ވިދާޅުވީ މި އަހަރު ލޯނުގެ ގޮތުގައި 430 މިލިއަން ޑޮލަރު އަދި ހިލޭ އެހީގެ ގޮތުގައި 120 މިލިއަން ޑޮލަރު ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް މިހާތަނަށް ފައިސާ ނުލިބޭ ކަމަށާއި ނަތީޖާއަކަށްވާނީ އަނެއްކާވެސް އިތުރު ދަރަނިވެރިވުން އަމީރު ވިދާޅުވި އެވެ. "މިހާތަނަށް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ ކުންފުނިތައް ބަނގުރޫޓްވަމުންދާ ތަން. ރާއްޖޭގެ އިގްތިސޯދު އެއްކޮށް ފުނޑިގެންދާނެ ގޮތަށް މިހާރު ސަރުކާރުގެ ސިޔާސަތުތައް މިހިރީ،" އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި އަހަރު ނިމޭއިރު އިތުރަށް 12 ބިލިއަން ރުފިޔާއިން ދަރަނިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މައުޟޫޢުތަށް