ނައިބުރައީސް ޗައިނާއަށް ފުރާވަޑައިގެންފި
އަވަސް
8 ޖުލައި 2025 | އަންގާރަ | 10:25
ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ނައިބުރައީސްގެ މި ދަތުރުފުޅަކީ ނިޝަން ފޯރަމް އޮން ވޯލްޑް ސިވިލައިޒޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމް ކުރިއަށްދާނީ ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގަ އެވެ. ފޯރަމް އޮންނާނީ މިމަހުގެ 9 އިން 10 ވަނަ ދުވަހަށެވެ. ނައިބުރައީސް ވަނީ ފޯރަމް އަދި ފޯރަމްގެ ހަވާސާގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.