ރަންވޭ ބޮޑުކޮށް، މާފަރަށް ވައިޑް-ބޮޑީ ފްލައިޓް ޖައްސަން ފަށައިފި

އަވަސް

8 ޖުލައި 2025 | އަންގާރަ | 1:04

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފި އެވެ.

މާފަރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އެހީގަ އެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ރަންވޭ ވަނީ އިތުރުކޮށްފަ އެވެ. އެ ގޮތުން 2،200 މީޓަރުގެ ރަންވޭއަށް 650 މީޓަރު ވަނީ އިތުރުކޮށްފަ އެވެ. އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.

ޕްރައިވެޓް ޖެޓްތަކަށް އިސްކަންދީގެން މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ޓެސްޓް ފްލައިޓް ޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮގަސްޓް 14، 2018 ގައެވެ. މިއެއާޕޯޓް ރަސްމީކޮށް ބޭނުންކުރަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެމްބަރު 1، 2019 ގަ އެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހެދި ހަތަރު ވަނަ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މައުޟޫޢުތަށް