އީންއަށް މަންމަމެން ދިން އަގުހުރި ހަދިޔާ

އަވަސް

12 ޖުލައި 2025 | ހޮނިހިރު | 12:44

”އަހަރެންގެ ފިއުޗާ ބިނާކުރުމަށް ކުރިޔާލާ ޕޭރެންޓްސް ތައްޔާރުވީތީ ވަރަށް އުފާވޭ، މަތީ ތަޢުލީމު ހާސިލުކުރުމަށް މި އަހަރުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް ފުރަން ތައްޔާރުވަމުންދާ އުމުރުން 23 އަހަރުގެ ޢާއިޝަތު އީން ބުންޔާމީން ޝުކުރުވެރިކަމާއެކު ބުނެލި އެވެ.

އީންގެ އުމުރުން 18 އަހަރުވީއިރު މައިންބަފައިންގެ ފަރާތުން ލިބުނީ ވަރަށް ބޮޑު ހަދިޔާއެކެވެ. އެއީ ސްކޫލު ނިންމައި މަތީ ތަޢުލީމު ހާސިލުކުރާނެ ދުވަހަކަށް ތައްޔާރުވުމަށް ޓަކައި، އެލައިޑް ތަކާފުލްގެ ”ޗައިލްޑް އެޑިއުކޭޝަން ޕްލޭން“ގެ ދަށުން އޭނާގެ މައިންބަފައިން އެތައް އަހަރެއް ވަންދެން އެއްކުރަމުން އައި އެތައް ހާސް ރުފިޔާ އެވެ. އެލައިޑުން މި ޕްލޭން ތަޢާރަފުކުރުމާއެކު، މުސްތަޤުބަލާ މެދު ވިސްނައި އީންގެ މަންމަ ހިޔާރުކުރީ އީންއަށް ޓަކައި ފައިސާ ރައްކާކުރަން ފެށުމަށެވެ. ކަމެއް ދިމާވެދާނެ ދުވަހަކުވެސް ދަރިފުޅު މޮޅަށް ކިޔަވައި، މަތީ ތަޢުލީމު ހާސިލުކޮށްގެން ޤައުމީ ޚިދުމަތްތެރިއަކަށް ވުމަށް ހުރަހެއް އައުމަށް ނޭދޭތީ އެވެ. އީން ބުނި ގޮތުގައި މަންމަ އާއި ބައްޕަވެގެން އޭނާއަށް މިވަރު ބޮޑު ހަދިޔާއެއް ދޭން ތައްޔާރުވަމުން އަންނަކަންވެސް އެނގުނީ ވަރަށް ފަހުންނެވެ. އުމުރުން 18 އަހަރު ވުމުން މި ޕްލޭނުގެ ދަށުން އެއްވި ފައިސާ ލިބޭ ގޮތަށް އޮންނަ އިރު، މިކަން އީންއަށް އެނގުނީ 18 ވާން ވަރަށް ކައިރިވެފައި ވަނިކޮށެވެ. ”ވަރަށް ފަހުން އެނގުނީ. 18 ވާން ކައިރިވީތަނާ. އެނގުނީމަ ވަރަށް އުފާވި. ކިޔަވަން ދިއުމަކީ ވަރަށް ބޮޑު ފައިނޭންޝަލް ބާޑަންއެއް ކަން އެނގޭ. އެހެންވެ މިކަމުން ސެންސް އޮފް ސެކިއުރިޓީއެއް ލިބުނީ،" އީން ކިޔައިދިނެވެ. ”ޗައިލްޑް އެޑިއުކޭޝަން“ ޕްލޭނަކީ ސޭވިންގްސް ޕްލޭނެކެވެ. ދަރިފުޅުގެ އުމުރުން 10 އަހަރު ނުވަނީސް މި ޕްލޭނުގައި ބައިވެރިވެ، އުމުރުން 18 އަހަރު ވަންދެން ޕްލޭނުގައިވާ އުސޫލުގެ މަތިން ކޮންމެ މަހަކު ވަކި މިންވަރެއް ބެލެނިވެރިން ޖަމާކުރަމުން ގެންދަން ޖެހެއެވެ. ޕްލޭން މެޗުއާވާނީ ދަރިފުޅަށް 18 ވުމުންނެވެ. އެއާއެކު ޕްލޭނުގެ ދަށުން އެއްވި ފައިސާ، އަދި އޭގެން ލިބުނު އިންވެސްޓްމެންޓް ފައިދާ ވެސް ދަރިފުޅަށް ގަނޑުކޮށް ލިބޭނެ އެވެ. އީންއަށް މި ފައިސާ ލިބުނުތާ އަހަރުތަކެއް ވެއްޖެއެވެ. އޭނާ މިހާރު ތައްޔާރުވަމުން ދަނީ އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީއަށް ކިޔެވުމަށް، މި އަހަރުގެ އޮކްޓޫބަރު މަހު މެލޭޝިއާއަށް ދިއުމަށެވެ. ”ޗައިލްޑް އެޑިއުކޭޝަން“ ޕްލޭނުގެ ސަބަބުން މިކަމުގައި ވެސް އީންއަށް ކުރިމަތިވީ ފަސޭހަ ގޮތެވެ. މަތީ ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ލޯނުގެ ފުރުސަތަށް މި އަހަރު އަދި ހުޅުވައެއް ނުލައެވެ. އެކަމަކު އީންއަށް ޓަކައި މައިންބަފައިން އެއްކޮށްދިން ފައިސާގެ ސަބަބުން ލޯނަށް ބަރޯސާނުވެ އަވަހަށް ކިޔަވަން ފެށޭނެ އެވެ. ”ވަރަށް ބައިވަރު ދަންނަ ކުދިންވެސް އެބަ އުޅޭ ލޯނު ސްކީމަށް އިޢުލާނު ނުކުރާތީ ފަށާނެ ގޮތެއް ނުވެގެންވެސް. އެކަމަކު އަހަރެންނަށް ކޯހުގެ އިނީޝަލް ޕޭމަންޓު ދައްކާލާފައި، އެކޮޅުގައި އެކޮމޮޑޭޝަން އަދި ޑެއިލީ ނީޑްސް ހަމަޖެއްސެން އެބަ އޮތް ޕޭރެންޓްސްއަށް ޑިޕެންޑް ނުވެ“، އީން ބުންޏެވެ. ކިޔަވައި ނިންމައިގެން އިޤުތިޞާދީ ދާއިރާގެ ކޮންމެވެސް ރޮނގަކުން ކުރިއަށް ދާން ހިތުލައިގެން ހުރި އީން ބުނި ގޮތުގައި މި ގޮތް އޭނާއާށް މި މެދުވެރިވީ އެލައިޑުން މިފަދަ ސޭވިންގްސް ޕްލޭނެއް ތަޢާރަފުކުރުމުންނެވެ. "ހަމަ އަސްލު ވަރަށް އެޕްރިޝިއޭޓުކުރަން. ވަރަށް ގްރޭޓްފުލްވޭ މަންމަ އާއި ބައްޕަ ކުރިޔާލާ ފިއުޗާއަށް ޕްލޭން ކުރީތީ. އަހަރެން ބުނަން ބޭނުންވަނީ މިއީ އަސްލު ވެސް ވަރަށް ރަނގަޅު އިންވެސްޓްމަންޓެކޭ. ދަރިއަކަށް ލިބޭނެ އެންމެ ރަނގަޅު ހަދިޔާ މިއީ،" އޭނާ ބުންޏެވެ.

މައުޟޫޢުތަށް