ނޯތު ހާބަރު ހިންގުން އެމްޕީއެލްއާ ހަވާލުކޮށްފި

އަވަސް

10 ޖުލައި 2025 | ބުރާސްފަތި | 2:48

މާލޭގެ މުޅި ނޯތު ހާބަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

އެމްޕީއެލް އިން ކުރިން ބަލަހައްޓަމުން އައީ ނޯތު ހާބަރުގެ ވަކި ސަރަހަައްދަކެވެ. އެއީ އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދެވެ. މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައީ އެމްޕީއެލް ބަނދަރުން ފެށިގެން މަސްމާރުކޭޓް ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް އޮތް ބައެވެ. އެކަމަކު ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޕީއެލްއާ ދެމެދު މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން އުތުރު ފަރާތުގެ މުޅި ބަނދަރު ބެލެހެއްޓުން ހަވާލުކޮށްފައިވާ ކަމަށް އެމްޕީއެލް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ. އެހެންވެ މާލޭގެ އުތުރު ފަރާތު ބަނދަރުގެ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ އެ ކުންފުނިން ކަމަށްވެސް އިއުލާންގައިވެ އެވެ. އެމްޕީއެލް އިން ބަނދަރު ހިންގުމާ ހަވާލުވެފައިވާތީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ ކުންފުނީގައި އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްވެސް އެމްޕީއެލް އިން ވަނީ އަންގާފަ އެވެ. އެ މުއްދަތުގެ ފަހުން ހިދުމަތް ދޭނީ ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށްވެސް ބުންޏެވެ.

މައުޟޫޢުތަށް