އެމިރޭޓްސްގެ ބުކިން ހަދަން ބިޓްކޮއިން އިން ޕޭކުރެވޭ ގޮތް ހަދަނީ

އަވަސް

10 ޖުލައި 2025 | ބުރާސްފަތި | 4:00

އެމިރޭޓްސް އެއާލައިންސް އިން ވިއްކާ ފްލައިޓް ޓިކެޓް ގަތުމަށްޓަކައި ބިޓްކޮއިންއާއި އެހެނިހެން ކްރިޕްޓޯކަރަންސީ ގަބޫލުކުރަން ނިންމާފައިވާކަން އެމިރޭޓްސް އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިކަމަށްޓަކައި ކްރިޕްޓޯ.ކޮމް އަދި އެމިރޭޓްސްއާ ދެމެދު ވަނީ މުހިއްމު އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ. މި ހިދުމަތް ދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މިކަން ކުރިއަށް ގެންދިއުމަކީ އެމިރޭޓްސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓަޖީގެ ބައެކެވެ. އެމިރޭޓްސް އިން ބުނީ މި ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީއަށް ފަރިތަ، ޒުވާން ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމާއި، ފައިސާ ދެއްކުމަށް އިތުރު އިހްތިޔާރުތަކެއް ދިނުން ކަމަށެވެ. މީގެއިތުރުން މިއީ ދަތުރުވެރިންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމިރޭޓްސް އިން ބުންޏެވެ. ބިޓްކޮއިން ފަދަ ޑިޖިޓަލް ކަރަންސީތަކަކީ މިއަދު ދުނިޔޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ ފައިސާގެ މުއާމަލާތެކެވެ. ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކާއި އަދި އާންމު ފަރުދުންވެސް އަންނަނީ މިފަދަ ޑިޖިޓަލް ޗަރަންސީތަކުގައި އިންވެސްޓް ކުރަމުންނެވެ.

މައުޟޫޢުތަށް