އިރާނަށް ޒަމާނީ އަސްކަރީ ޖެޓްތަކެއް ފޯރުކޮށްދޭން ޗައިނާއިން ތައްޔާރު

އަވަސް

12 ޖުލައި 2025 | ހޮނިހިރު | 1:36

ޗައިނާއިން އުފައްދާ އެންމެ ޒަމާނީ އަސްކަރީ ޖެޓް ކަމަށްވާ -10 އިރާނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފި އެވެ.

ޗައިނާގެ ނިންމުމާ ގުޅިގެން އިޒްރޭލުން ވަނީ ޗައިނާއަށް ވަރުގަދަ އިންޒާރެއްވެސް ދީފަ އެވެ. ނިއުސްވީކް އިން ރިޕޯޓް ކޮށްފައިވާ ގޮތުން އިރާނުން -10 އަސްކަރީ ޖެޓް ހޯދަން މަސައްކަތްކުރާ ކަމުގެ ރިޕޯޓްތައް ފެންމަތިވުމާއެކު ޗައިނާގެ ދިފާއީ ވުޒާރާއިން ވަނީ އެ ގައުމާއެކު ގާތްގުޅުމެއް އޮންނަ ރަހުމަތްތެރި ގައުމުތަކަށް -10 މަތިންދާބޯޓު ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ބުނެފަ އެވެ. މިއީ އިރާނަށް އެފަދަ ބޯޓުތައް ވިއްކުމުގެ ވާހަކަތައް ދެކެވޭ ދަނޑިވަޅެއްގައި ޗައިނާއިން ދިން ބަޔާނެކެވެ. އިޒްރޭލުން ވަނީ އިރާނަށް ހަނގުރާމަވެރި ހަތިޔާރާއި މަތިންދާބޯޓު ނުވިއްކަން ހަރުކަށި ގޮތަކަށް ޗައިނާއަށް އަންގާފަ އެވެ. ހަނގުރާމަވެރި ހަތިޔާރުތައް އިރާނަށް ލިބުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް އިޒްރޭލުން ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ. ޗައިނާގެ ދިފާއީ ވުޒާރާއިން ބުނީ ހަތިޔާރު ތަރައްގީ ކުރުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީތަކުގައި ރަހްމަތްތެރި ގައުމުތައް ބައިވެރިކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. ޗައިނާގެ ނިންމުމާ ގުޅިގެން އެމެރިކާ އިންވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމަރިކާ އިން ވަނީ ޗައިނާގެ ނިންމުން ބަދަލުކުރުމަށް ގޮވާލާފަ އެވެ. އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފިނަމަ ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެމެރިކާ އިން ދީފައިވެ އެވެ.

މައުޟޫޢުތަށް