މަސްވެރިކަމުގެ ދެ ކޯހަކަށް ފުރުސަތު ހުޅުވާލައިފި
އަވަސް
12 ޖުލައި 2025 | ހޮނިހިރު | 9:54
މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ދެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން ކުރިއަށްގެންދާ ކޯސްތަކެކެވެ. މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި އަދި ތިނަދޫގައި ކުރިއަށްގެންދާ ނޭޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިން ގައިޑިންގް އާއި މާލޭގައި ހިންގާ ނޭޝަނަލް ސެޓްފިކެޓް 1 ފިޝް ފްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ކޯހެވެ. މި ދެ ކޯހަކީވެސް ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯސްތަކެކެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.