ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ

އަވަސް

13 ޖުލައި 2025 | އާދިއްތަ | 8:43

އއ. މާޅޮހުގައި ޒަހަމްކޮށްލި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެ އެވެ.

ނިޔާވީ އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަކަމުގެ މައުލޫމާތު ލިބުނީ ރޭ 1:50 ހާއިރު އެވެ. އެ މީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައިގެ ތަހުގީގަށް މާލެއިން ޓިމެއް އެ ރަށަށް ދިއުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް