ހައްޖަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަން: ފަތުވާ މަޖިލިސް
އަވަސް
13 ޖުލައި 2025 | އާދިއްތަ | 10:20
އާންމުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ފަތުވާ މަޖިލީހުން މި ގޮތަށް ބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހަށް ހުށަހެޅުނު މައްސަލައާ ގުޅިގެންނެވެ. "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން މިމަޖިލީހަށް ދެއްވި މައުލޫމާތުގެ އަލީގައި، މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" ފަތުވާ މަޖިލީހުން ބުންޏެވެ. ރާއްޖެއިން މިހާރު މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގަކީ 69،965 ރުފިޔާ އެވެ.