ހަމަލާ ދީފައި ވަނީ އަބްދުއްރަހްމާންގެ ބޮލަށް

އަވަސް

13 ޖުލައި 2025 | އާދިއްތަ | 11:16

އއ. މާޅޮހުގައި ޒަހަމްކޮށްލުމުގެ ސަބަބުން މަރުވި އަބްދުއް ރަހްމާން އާދަމްގެ ބޮލަށް ހަމަލާދީފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

އއ. މާޅޮސް، އޯކިޑުމާގެ، އަބްދުއް ރަހްމާން އާދަމް (65އ) އަށް ހަމަލާދިނީ އޭނާ ނިދާފައި އޮއްވާ އެވެ. އޭނާ މަރުވީ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ފަތިހު އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަބްދުއް ރަހްމާންގެ ބޮލުގައި އެއްޗަކުން ވަނީ ޖަހާފަ އެވެ. "އަބްދުއް ރަހްމާންގެ ބޯ އޮތީ ޗިސްވެފައި،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންނެވެ.

މައުޟޫޢުތަށް