އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެދިފައެއް ނުވާނެ: ރަޝިއާ

އަވަސް

17 ޖުލައި 2025 | ބުރާސްފަތި | 12:20

އިރާނުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމެއް ހެދުމަށް ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިން އިރާނަށް ޕްރެޝަރު ކުރެއްވި ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތައް ރަޝިއާ އިން ދޮގުކޮށްފި އެވެ.

ރަޝިއާ އިން ބުނީ އިރާންގެ ނިއުކުލިއާ ޕްރޮގްރާމާ ރަޝިއާ އާއި ގުޅުވައިގެން ދައްކަމުންދަނީ އެއްވެސް ހަޤީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށެވެ. މި ރިޕޯޓްތައް އެންމެ ފުރަތަމަ އާއްމުކޮށްފައިވަނީ އެކްސިއޯސް އިންނެވެ. އެކްސިއޯސް އާއި އެހެނިހެން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕުޓިން ވަނީ އިރާނަށް އެމެރިކާއާ އެކު ނިއުކްލިޔަ އެއްބަސްވުމަކަށް ދިއުމަށް ގޮވާލައްވާފަ އެވެ. މި އެއްބަސްވުމުގައި އިރާނުން ޔުރޭނިއަމް މުއްސަދިކުރުން އެއްކޮށް ހުއްޓާލަން ޖެހޭނެ ކަމަށް ރަޝިއާ ބާރުއަޅާ ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. މިއީ އިރާނުގެ ނިއުކްލިޔަ ހައްގުތަކަށް ރަޝިއާ އިން ކުރިން ދީފައިވާ ތާއީދާ ވަރަށް ބޮޑަށް ފުށުއަރާ ކަމެއް ކަމަށްވެސް އޭރު ރިޕޯޓްތަކުގައި ބުނެފައިވެ އެވެ. ނަމަވެސް ރަޝިއާ އަދި އިރާނުގެ ދައުލަތުގެ މީޑިއާ އިން ވަނީ ބައެއް ނޫސްތަކުން ފަތުރަމުންދާ ހަބަރުތައް ރަސްމީކޮށް ދޮގުކޮށްފަ އެވެ. އިރާންގެ ތަސްނީމް ނިއުސް އިން ވަނީ ޕޫޓިން، އިރާނުގެ ލީޑަރުންނަށް މިފަދަ މެސެޖެއް ފޮނުއްވި ކަމަށް ބުނާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށް ބުނެފަ އެވެ.

މައުޟޫޢުތަށް