ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލައިފި
އަވަސް
13 ޖުލައި 2025 | އާދިއްތަ | 5:56
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖުމްލަ 14 ކެޓަގަރީއަކުން އިނާމު ދިނުމަށް އެމްއެމްސީ އިން ވަނީ ނިންމާފަ އެވެ. ނޫސްމަޖައްލާ ކެޓަގަރީ އާއި އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީން ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގެ ނިޔަލަށެވެ.
އެމްއެމްސީގެ އެވޯޑަށް މި ފަހަރު އޮންލައިންކޮށް ކުރިމަތިލާއިރު ނޫސްވެރިޔާ މިދިޔަ އަހަރު މީޑިއާއެއްގައި ނުވަތަ މީޑިއާތަކެއްގައި ނޫސްވެރިއެއްގެ ގޮތުގައި ،މަސައްކަތް ކުރިކަން އެނގޭ ލިޔުމެއްވެސް ހުށަހަޅަންޖެހެ އެވެ. އެމްއެމްސީން ގެންދަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.