ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަވަސް

14 ޖުލައި 2025 | ހޯމަ | 9:32

އދ. މާމިގިލި ކައިރިއަށް ފީނަށް ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ މިއަދު ފެނުނީ މާމިިގިލީ ރޯޅި، ލޫތު އަހްމަދު (15 އ) އެވެ. އެ ކުއްޖާ މަރުވެފައި އޮއްވާ ފެނުނީ ރަށްޓެހިންތަކަކާ އެކު ފީނަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދަނިކޮށެވެ ފުލުހުން ބުނީ ފީނަން ފޭބި ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިގެން ރިޕޯޓް ކުރީ މިރޭ 7:00 ހާއިރު ކަމަށެވެ. ހަވީރު ފީނަން ފޭބި ކުދިންގެ ތެރެއިން ގެއްލުނު ކުއްޖާ މިރޭ ފެނުނީ ފުލުހުންނާއި ސިފައިންނާ މާމިގިލި ރައްޔިތުން އެ ކުއްޖާ ހޯދަމުން ދަނިކޮށެވެ. ކުއްޖާ ފެނުނީ މޫދު އަޑީގައި އޮއްވަ އެވެ.

މައުޟޫޢުތަށް