ފ. މަގޫދޫ އެއާޕޯޓަށް ބަޔަކު ގެއްލުންދީފި
އަވަސް
14 ޖުލައި 2025 | ހޯމަ | 10:50
ފ. މަގޫދޫގައި ހަދަމުންދާ އެއާޕޯޓަށް ބަޔަކު ގެއްލުންދީފި އެވެ.
ފުލުހުން ބުނި ގޮތުގައި އެއާޕޯޓުގެ ފަޔާ އިމާރާތުގެ ބިއްލޫރިތައް ރޭ ތަޅާލި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 7:47 ހާއިރު އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެމްޓީސީސީ މަގޫދޫ ސައިޓުންނެވެ. މިހާތަނަށް ބެލިބެލުމުން އިމާރާތުގެ ބިއްލޫރިތައް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.