ގެއްލިގެން ހޯދާ މީހާ ނުފެނޭ
އަވަސް
16 ޖުލައި 2025 | ބުދަ | 9:08
މާލެއިން ގެއްލުނު މީހާ އަދި ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަނީ ގ. ގަނެޓް، ހަސަން ޔާމީން (30 އ) އެވެ. ޔާމީން ގެއްލިގެން ހޯދަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން އާއިލާއަށް ޚަބަރެއް ނުވުމުންނެވެ. އެނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 8:30 ހާއިރު އެވެ. ފުލުހުން ވަނީ ޔާމީނާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.