ރައީސް މުއިއްޒާއި ރަސްގެފާން ޗާލްސް ބައްދަލުކުރައްވައިފި

އަވަސް

17 ޖުލައި 2025 | ބުރާސްފަތި | 5:21

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ ބައްދަލުކުރެއްވީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލް ގައެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާވެސް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފަ އެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިންގެ ވަފުދެއްވެސް އިނގިރޭސިވިލާތަށް ވަޑައިގެންނެވި އެވެ.

މައުޟޫޢުތަށް