ސީރިއާ ބައިބައިކޮށްލަން ފުރުސަތެއް ނުދޭނަން: އުރުދުޣާން

އަވަސް

17 ޖުލައި 2025 | ބުރާސްފަތި | 11:55

ސީރިއާ ބައިބައިކޮށްލަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރްދުގާން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވީ އިއްޔެވެސް ސީރިއާ ބައިބައިކޮށްލަން ތުރުކީން ފުރުސަތު ނުދޭ ކަމަށާއި މިއަދު ނުވަތަ މާދަމާވެސް އެ ފުރުސަތު ނުދޭނެ ކަމަށެވެ. ސީރިއާއާ ގުޅޭގޮތުން އުރުދުޣާން ވާހަކަދައްކަވާފައި މިވަނީ އިޒުރޭލުން ސީރިއާއަށް ހަމަލާތަކެއް ދެމުންދާ ވަގުތެއްގައެވެ. އިޒުރޭލުގެ ހަމަލާތައް ބަލައިނުގަނެވޭ ކަމަށް ވިދާޅުވެ އުރުދުޣާން ވަނީ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން އެ ގައުމުގައި ވެރިކަން ކުރަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އެޗްޓީއެސް ނުވަތަ ހަޔާތު ތަހްރީރުއް ޝާމު އެވެ.

މައުޟޫޢުތަށް