އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ވޭމަންޑޫގައި ފަށައިފި

އަވަސް

19 ޖުލައި 2025 | ހޮނިހިރު | 11:45

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ތ. ވޭމަންޑޫގައި ފަށައިފި އެވެ.

މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ތ. ވޭމަންޑޫގައި ފެށުމާ ގުޅިގެން ތ. އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުން މިހާރު ހިދުމަތް ލިބޭނެ ކަމަށެވެ. ޑީއެންއާރް އިން ބުނި ގޮތުގައި ހޯރަފުށީގައި މި ހިދުމަތް ފެށުމާއެކު މިހާރު 27 ރަށަކުން މި ހިދުމަތް ލިބޭނެ އެެވެ. މީގެ އިތުރުން ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން މެލޭޝިއާގައި މި ހިދުމަތް ފަށާފައިވާއިރު ސްރީލަންކާ އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މައުޟޫޢުތަށް