ލޯނު އެއްބަސްވުމެއްގައި ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވެއްޖެ

އަވަސް

20 ޖުލައި 2025 | އާދިއްތަ | 11:12

ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވެއްޖެ އެވެ.

ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރަޝްފޯޑް ބާސެލޯނާއަށް ބަދަލުވުމާ ގުޅޭގޮތުން ހުރިހާ ފަރާތްތަކެއްގެ މެދުގައި އަނގަބަހުން އެއްބަސްވުމަކަށް ވަނީ އާދެވިފަ އެވެ. ބާސެލޯނާ އިން މިހާރު ދަނީ ރަޝްފޯޑްގެ މެޑިކަލް ޓެސްޓްތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހެދުމަށް ރާވަމުންނެވެ. މި އެއްބަސްވުމަކީ ގަތުމުގެ އޮޕްޝަނެއް ވެސް ހިމެނޭ ލޯނު އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުމުގެ ތަފްސީލްތައް މިއަދު ފައިނަލް ކުރާނެ ކަމަށް ރޮމާނޯ ބުނެ އެވެ. ހުރިހާ ކަމެއް ހަމަޖެހުމާ އެކު މެންޗެސްޓާ ޔުނައިޓެޑުން ރަޝްފޯޑް، ސްޕެއިނަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށްވެ އެވެ. ރަޝްފޯޑް އަކީ އިނގިރޭސި ގައުމީ ޓީމުގައިވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔެކެވެ.

މައުޟޫޢުތަށް