މިނިސްޓަރު ސައީދުގެ ބައްޕަ، ސައީދު އަބްދުﷲ އަވަހާރަވެއްޖެ

އަވަސް

20 ޖުލައި 2025 | އާދިއްތަ | 9:31

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ، ހއ. ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲ އަވަހާރަވެއްޖެ އެވެ.

ސައީދު އަބްދުﷲ ވަނީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާފަ އެވެ. ސައީދު އަބްދުﷲ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސައީދު އަބްދުﷲ އަކީ ގަދަރުވެރި، ހުލްގު ހެޔޮ، ދީންވެރި، ހަރުދަނާ ޝަހްސިޔަތެއް ކަމަށެވެ. ރައީސް ވަނީ މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މައުޟޫޢުތަށް