އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓް ލިބޭނެ

އަވަސް

20 ޖުލައި 2025 | އާދިއްތަ | 11:40

ފިރިމީހާ ނުވަތަ އަނބިމީހާގެ ބިމެއް އޮތް ނަމަވެސް، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނި ނުކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފްލެޓް ލިބޭނީ ބިންވެރިޔާ ސްކީމްގެ ދަށުން ފިރިމީހާ ނުވަތަ އަނބިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާ މީހުންނަށް ކަމަށް ނިންމުމަކީ އާންމުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ. އެ ނިންމުން ބަދަލުކުރި ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތު ނަގާނެތީ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކުރީގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4،000 ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި މީހުންނާއެކު މާދަމާ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ނިންމާފަ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ކަނޑައަޅާފައިވާއިރު ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް