ނަފްސާނީ ސިއްހަތުގެ ހެލްޕްލައިންގެ ހިދުމަތް އަލުން ފަށައިފި

އަވަސް

21 ޖުލައި 2025 | ހޯމަ | 10:00

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިންގެ ހިދުމަތް އަލުން ފަށައިފި އެވެ.

ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމަށް ތައާރަފްކުރި ގައުމީ ހެލްޕްލައިންގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އެ ހިދުމަތް ދިނުމަށް ވަގުތީ ނަމްބަރެއް މިދިޔަ ހޮނިހިރު ދުވަހު ތައާރަފުކުރި އެވެ. ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ބުނީ ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިންގެ ހިދުމަތް އަލުން އިއާދަކޮށްފައިވާ ކަމަށެވެ. އެ ގޮތުން ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި ހިލޭ ގުޅޭ ނަންބަރު 1677 އަށް ގުޅޭނެ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. މިއީ 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ހިދުމަތެކެވެ. ނަފްސާނީ ބަލިތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ތައާރަފް ކުރި މައިގަނޑު ބޭނުމަކީ ނަފްސާނީ އުދަނގޫތައް ތަހައްމަލް ކުރާ މީހުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

މައުޟޫޢުތަށް