ސަމާ ޗުއްޓީއަށް ކްރޮސްރޯޑްސް އިން ހާއްސަ އޮފާއެއް

އަވަސް

21 ޖުލައި 2025 | ހޯމަ | 4:16

ކްރޮސްރޯޑްސް މޯލްޑިވްސްގައި ހިމެނޭ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސްގައި ސަމާ ޗުއްޓީ ހޭދަކޮށްލުމަށް ހާއްސަ އޮފާއެއް ތައާރަފުކޮށްފި އެވެ.

ކްރޮސްރޯޑްސް އިން ބުނި ގޮތުގައި މި އޮފާގެ ދަށުން ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް އެ ދެ ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ހާއްސަ އޮފާގެ ރޭޓް ފެށެނީ ރެއަކަށް އެންމެ 249 ޑޮލަރުންނެވެ. މި ހާއްސަ އޮފާ އޮގަސްޓް 31ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ކްރޮސްރޯޑްސް އިން ވަނީ ބުނެފަ އެވެ. މި އޮފާގައި ދެ މީހަކަށް ބްރެކްފަސްޓާއެކު ލޯންޗު ދެކޮޅު ދަތުރު ހިމެނެ އެވެ. މީގެ އިތުރުން ރިސޯޓުގެ ފުލް އެކްސެސް ލިބޭނެ އެވެ. ކެއުމުގެ ޕްލޭން އިތުރުކޮށްލައިގެން ތަފާތު 14 ރެސްޓޯރަންޓެއްގެ ރަހަތައް ތަޖުރިބާކޮށްލެވޭނެ އެވެ. އަދި ބާގާއަށް ލޯބިކުރާ މީހުންނަށް ހާޑް ރޮކް ކެފޭގެ ވޯލްޑް ބާގާ ޓުއާ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ލިބޭނެ އެވެ. ކްރޮސްރޯޑްސްގެ ސައި ބީޗް ކްލަބްއަކީ ކުޑަ ވަގުތުކޮޅަކު މަޑުކޮށްލަން ބޭނުންވާ މެހުމާނުންނަށް އެންމެ އެކަށީގެންވާ މާހައުލެވެ. އާއިލާ ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލުމަށް ސައި ބީޗް ކްލަބްގައި ހާއްސަ ޕެކޭޖްތަކެއް ހިމެނެ އެވެ. މި ޕެކޭޖްތަކުގައި ޕޫލް އެކްސެސް އާއި ބީޗް ލައުންޖިންގެ އިތުރުން ރިފްރެޝިން ކޮކްޓެއިލް އާއި ހޯމް-މޭޑް ގެލާޓޯ ހިމެނެ އެވެ. މީގެ އިތުރުން ރޭގަނޑު ތައި-އިޓާލިއަން ރަހަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިސްޓަ ތޮމްޔަމް އިން ލިބޭނެ އެވެ. ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ މެހުމާނުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ހާއްސަ އަނެއް ކަމަކީ ޖީޒެޑް19 ޕަޑެލް ޓެނިސް ކޯޓެވެ. ޕަޑެލް ޓެނިސްއަކީ ޓެނިސް އާއި ސްކޮޝް އެކުލެވޭ ޑައިނަމިކް ކުޅިވަރެކެވެ. ވަށައިގެން ބަންދުކުރެވިފައިވާ ކޯޓެއްގައި ކުޅޭ ޕަޑެލް ޓެނިސްއަކީ ހުރިހާ އުމުރެއްގެ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭ ކުޅިވަރެކެވެ. މީގެ އިތުރުން ކްރޮސްރޯޑްސްގެ ސައި ސްޕާއިން ވެލްނެސް ތަޖުރިބާކޮށްލެވޭނެ އެވެ. މާލެއިން 20 މިނެޓްގެ ދަތުރަކަށްފަހު ޒިޔާރަތްކޮށްލެވޭ ކްރޮސްރޯޑްސްއަކީ މާލެ ކައިރިން އާއިލާ އަދި ރައްޓެހިންނާއެކު އުފާވެރި އަދި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޒިޔާރަތްކުރެވޭނެ އެންމެ ހިތްގައިމު މާހައުލެވެ. ކްރޮސްރޯޑްސްގެ އިތުރު މައުލޫމާތު ކްރޮސްރޯޑްސްގެ ވެބްސައިޓުން ލިބޭނެ އެވެ.

މައުޟޫޢުތަށް