އަބްދުއްރަޙްމާންގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވައިފި

އަވަސް

21 ޖުލައި 2025 | ހޯމަ | 5:00

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިއަދު އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން އެއްބަސް ނުވާ ކަމަށް އެނގިފައިވެ އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރުވީ އޭނާ ނިދާފައި އޮއްވާ ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުއްރަހްމާން މަރަށް ތެޅެމުން ދަނިކޮށް ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހީމް އަށެވެ.

މައުޟޫޢުތަށް