މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި

އަވަސް

21 ޖުލައި 2025 | ހޯމަ | 11:55

ނ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިރޭ ފަށައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ. މަނަދޫގައި ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައެއް ވަޒީރުންނާއި އެރަށުގެ ރައްޔިތުންވެސް ބައިވެރިވި އެވެ. މަނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށުމަށްޓަކައި ޕާސްޕޯޓެއް ވަނީ މަނަދޫގެ ރައްޔިތަކަށް ދޫކޮށްފަ އެވެ. މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހުރިހާ އަތޮޅެއްގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފެށުމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މައުޟޫޢުތަށް